ފުލުހުންނަށް ފްލެޓް އެޅުމުގައި އެ އިދާރާގެ ވެލްފެއާ ކުންފުންޏަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުގައި ފުލުހުންގެ އިސް ވެރިންގެ ޝާމިލުވުން ބޮޑުކަން ފާހަގަކުރެވޭ ކަމަށާއި އެހެންވެ އެ މައްސަލަ ބަލާއިރު އެ ބޭފުޅުން މަގާމުތަކުގައި ތިބެވިދާނެކަމާ މެދު، އެ މައްސަލަ ދިރާސާކުރާ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ސުވާލު އުފައްދައިފި އެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ޒިންމާދާރު މަގާމުތައް ކަމަށްވާ އެސިސްޓެންޓް ކޮމިޝަނަރުންނާއި ޑެޕިއުޓީ ކޮމިޝަނަރުންނަށް ތިއްބެވި ބޭފުޅުން ވެސް ފޮލްކޯއިން ހިންގި ކޮރަޕްޝަނުގެ މައްސަލަތަކުގައި ބައިވެރިވެފައިވާކަން އޮޑިޓް ރިޕޯޓުން ފާހަގަކުރެވޭ ކަމަށެވެ.